ތަޢުލީމު

ސީއެޗްއެސްސީގެ މިދިޔަ އަހަރު އެންމެ ރަނގަޅު ދަރިވަރަކަށް ސާއިބް


ސެންޓަރ ފޮރ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން، ސީއެޗްއެސްސީގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް އެސްކޫލްގެ އަޙުމަދު ސާއިބް ހޮވައިފިއެވެ.

މިރޭ ބޭއްވި އެސްކޫލްގެ 2016 ވަނަ އަހަރުގެ އިނާމްދިނުމުގެ ޖަލްސާގައި ދެވަނަ ހޯދީ މަރިޔަމް ލައްޔާ ރިޔާޒްއެވެ. އަދި ތިންވަނަ ހޯދީ އާމިނަތު އިޒްފާ އާމިރުއެވެ.

img:http://s1.psmnews.mv/images/660x400/15015288478185.jpg|

މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފެވެ. އެސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ހަފްލާގައި ދަރިވަރުންނާ މުޚާތަބު ކުރައްވާ ޝަރީފް ވިދާޅުވީ ސީއެޗްއެސްއީއަކީ ފަޚުރުވެރިވާފަދަ ތާރީޚެއް އޮތްތަނެއްކަމަށާއި، ސީއެޗްއެސްސީ އާ ދެތެރޭ މީހުން ދެކޭގޮތް އަދިވެސް ރަނގަޅު ކުރަންޖެހޭކަމަށާއި އެކަމުގައި ދަރިވަރުންގެ ދައުރު ވަރަށް ބޮޑުކަމަށެވެ.

2016 ވަނަ އަހަރުގެ އޭލެވެލްގެ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ސީއެޗްއެސްއީގެ 68 އިންސައްތަ ދަރިވަރުން ހިމެނިފައިވާއިރު މުޅި ރާއްޖެއިންވެސް އޭލެވެލް ގަދަ ދިހައެއްގައި އޭ ސްޓަރ ލިބުނު ތިން ދަރިވަރުންނަކީވެސް ސީއެޗްއެސްއީގެ ދަރިވަރުންނެވެ.

މިރޭ ބޭއްވި އިނާމް ދިނުމުގެ ޖަލްސާގައި އެކި ކެޓަގަރީތަކުން އިނާމް ހާސިލްކުރި ދަރިވަނުންނަށް އިނާމާއި ހަދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ.