ޚަބަރު

"ކުލައުޑް ނައިން އޯވަލޯޑް" ޗޮކްލެޓް ކެއުމުގައި ސަމާލުވޭ!


ރާއްޖެ އެތެރެކޮށް ވިއްކަމުންދާ، ކުލައުޑް ނައިން އޯވަލޯޑް ޗޮކްލެޓަކުން މަރުވެފައިވާ ސޫއްޕެއް ފެނިފައިވާތީ، ސޫފި ފެނުނު ޗޮކްލެޓްގެ ބެޗް ވިއްކުން، ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ބާވަތުގެ ޗޮކްލެޓުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި  ސާމްޕަލްތައް ނަގާ އިތުރަށް ބަލަމުންދާ ކަމަށާއި، ޕްރޮޑަކްޓްގެ މި ބެޗް ނުވިއްކުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ. އަދި މި ބެޗްގެ ޗޮކްލެޓް ބާޒާރުގައި ހުރިނަމަ ރަސްމީ ގަޑީގައި އެ އޮތޯރިޓީއަށް އެންގުމަށްވެސް އެމް.އެފް.ޑީ.އޭއިން އިލްތިމާސްކުރެއެވެ.