ޚަބަރު

މާރާމާރީއެއްގެ ތުހުމަތުގައި 6 މީހަކު ހައްޔަރުކޮށްފި


މި މަހުގެ 19 ވަނަ ދުވަހުގެރޭ އެލްސީއޯން ބޭކަރީ ހިމެނޭ ސަރަޙައްދުގައި ހިންގި މާރާމާރީގުޅިގެން ތުހުމަތު ކުރެވޭ 6 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ 6 މީހުންނަކީ ސ. ހިތަދޫ،ނާސިރައްދޫގެ މުނާޛު މުޙައްމަދު (21އ) އާއި ހއ. މޮޅަދޫ، ބަހާރުގެ ސިރުފާންއިބްރާހިމް (20އ) އާއި ވ. ބުލޫނިޔާއާގެ މޫސާ އިބްރާހިމް (21އ) އާއި ސ. ހިތަދޫ،ލުހާއު އިބްރާހީމް ޢަރީން އަޙްމަދު (20އ) އާއި ނ. މިލަދޫ، ކާރނޭޝަންމާގެ،ޢަބޫބަކުރު ފާރިޢު (20އ) އަދި މީގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްކަމަށްފުލުހުން މަޢުލޫމާތުދެއެވެ.

މިމީހުންގެ ތެރެއިންޢަބޫބަކުރު ފާރިޢު އާއި އިބްރާހީމް ޢަރީން އަޙްމަދު ޖުލައި މަހުގެ 22 ވަނަ ދުވަހުހައްޔަރުކޮށްފައިވާއިރު މޫސާ އިބްރާހިމް ހައްޔަރުކޮށްފައިވަނީ ޖުލައި 23 ވަނަ ދުވަހުގެވަގުތެއްގައިކަމަށް ފުލުހުން ބުނެއެވެ. އަދި ސިރުފާން އިބްރާހިމް އާއި މުނާޛުމުޙައްމަދުގެ އިތުރުން 17 އަހަރުގެ ކުއްޖާ ހައްޔަރުކޮށްފައިވަނީ ޖުލައި 25 ވަނަދުވަހު. މިއެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށްފުލުހުން މަޢުލޫމާތުދެއެވެ.

މި 6 މީހުންނަކީވެސްމާރާމާރީ ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ މީހުންކަން ތަޙްޤީޤަށްއެނގިފައިވާކަމަށާއި، މިމީހުންގެ މައްޗަށް ކުށް ސާބިކުރެވޭވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާކަމަށްފުލުހުން މަޢުލޫމާތުދެއެވެ.

ޖުލައި 19 ވަނަދުވަހުގެރޭ އެލްސިއޯން ބޭކަރީ ހިމެނޭ ސަރަޙައްދުގައި ހިންގި މި މާރާމާރީގައި ވަނީ18 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އޭނާގެހަށިގަނޑުގެ 8 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވޭ. އަދި އޭނާއަށް ލިބިފައިވާޒަޚަމްތަކަށް ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މިމައްސަލައިގެއިތުރުން މާރާމާރީގެ އިތުރު މައްސަލަތަކެއްވެސް ފުލުހުންގެ ސީރިއަސް އެންޑްއޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާކަމަށް ފުލުހުންމަޢުލޫމާތުދެއެވެ.