ޚަބަރު

ޑައިވް އެކްސްޕޯއެއް ބޭއްވުމަށް ނިންމައިފި


ޑައިވިންގެ ދާއިރާ ކުރިއެރުވުމަށް، ރާއްޖޭގައި ޑައިވް އެކްސްޕޯއެއް ބޭއްވުމަށް މޯލްޑިވްސް ގެޓަވޭސްއިން ނިންމައިފިއެވެ.

އަންނަ އަހަރުގެ މޭމަހުގެތެރޭގައި ބާއްވާ މި އެކްސްޕޯގައި ރާއްޖޭގައި ޙަރަކާތްތެރިވާ ޑައިވް އޮޕަރޭޓަރުންނާއި، ޑައިވިންގއާ ގުޅުންހުރި ޚިދުމަތްދޭ ކުންފުނިތަކާއި، ޑައިވިންގެ ސްކޫލްތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ޑައިވް އޮޕަރޭޓަރުން ބައިވެރިވާނެ ކަމަށް މޯލްޑިވްސް ގެޓަވޭސްއިން މަޢުލޫމާތުދެއެވެ. މި އެކްޕޯގެ ބޭނުމަކީ ރާއްޖޭގައި ޑައިވިންގެ ޚިދުމަތްދޭ ފަރާތްތަށް އެއްތަނަކުން ބައްދަލުކޮށްލައި، އެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް މޯލްޑިވްސް ގެޓަވޭޒްއިން ބުނެއެވެ.

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ތެރެއިން ބާއްވާ މި އެކްސްޕޯގައި ޑައިވަރސް ކޮންފަރެންސްއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގައި ރާއްޖެ ޑައިވިންގ މަންޒިލެއްގެ ގޮތުގައި ކުރިއެރުވުމާ ގުޅޭގޮތުން ޑައިވިންގް ޕްރޮފެޝަނަލުންނާއި، ކަމާ ގުޅުންހުރި ފަރާތްތަށް ބައިވެރިވާނެކަމަށް މޯލްޑިވްސް ގެޓަވޭސްއުން ހާމަކުރެއެވެ.