ސިއްހަތު

ބ. އަތޮޅު ހޮސްޕިޓަލުން އިތުރު 4 އޮޕަރޭޝަނެއްގެ ޚިދުމަތް


ބ. އަތޮޅު ހޮސްޕިޓަލުގައި އިތުރު ހަތަރު ވައްތަރެއްގެ އޮޕަރޭޝަންކުރުމުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އެހޮސްޕިޓަލުން އަލަށް ފަށާފައިވަނީ، ހާނިޔާ އޮޕަރޭޝަނާއި އެޕެންޑިސްގެ އޮޕަރޭޝަނާއި ޕައިލްސްގެ އޮޕަރޭޝަންގެ އިތުރުން ގޮށްނެގުމުގެ ސާރޖަރީއެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެމުން ބ. އަތޮޅު ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ އޮފިސަރ ޞިދުޤީ ޢަބްދުﷲ ވިދާޅުވީ އަލަށް ތަޢާރަފުކުރި އޮޕަރޭޝަންތަކާއެކު މިހާތަނަށް 10 ސަރޖަރީއެއް ހަދާފައިވާކަމަށާ، އެންމެ ފުރަތަމަ ސަރޖަރީ ހެދީ މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ.

ބ. އަތޮޅު ހޮސްޕޓަލުގައި މިވަގުތު 4 ސްޕެޝަލިސްޓުނާއި 5 މެޑިކަލް އޮފިސަރުން މަސައްކަތްކުރެއެވެ. ބ. އަތޮޅުގެ 13 ރަށެއްގައި މީހުން ދިރިއުޅެމުންދާއިރު ރަށުން ނުލިބޭ ފަރުވާތައް ހޯދުމަށް ގިނަ ބަޔަކު ބ.އަތޮޅު ހޮސްޕިޓަލަށް އަންނަމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.