ޚަބަރު

މައުމޫނަށް މިހާރަކު އިޙްތިރާމެއް ނެތް- ޝައިނީ


ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ދެން އެއްވެސް އިޙްތިރާމެއް ނެތްކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މައުމޫނަކީ ޑިކްޓޭޓަރެއްކަމަށް ވިދާޅުވެ މިނިސްޓަރ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، ރައީސް މައުމޫނަށް ވޯޓު ދެއްވާ އެމަނިކުފާނުގެ ސަރުކާރު ދަމަހައްޓަން މަސައްކަތްކުރެވުނީތީ އެކަމާ ހިތާމަކުރައްވާކަމަށެވެ. ފަހަކަށް އައިސް، އިދިކޮޅު ފަރާތްތަކަށް އެންމެ ބޮޑަށް ރައްދުދެއްވާ ވާހަކަފުޅު ދައްކަވަމުންގެންދަވާ، ފިޝަރީޒް މިނިސްޓަރ މުޙައްމަދު ޝައިނީ މިހެން ވިދާޅުވަފައިމިވަނީ، އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ސިޔާސީ އެއްވުމެއްގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މި ސަރުކާރަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މައުމޫން ރޭ ވިދާޅުވެފައިވަނީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރެވުނީތީ ހިތާމަކުރައްވާކަމަށެވެ. މިނިސްޓަރ ޝައިނީ ވިދާޅުވީ، މައުމޫނަކީ ޑިކްޓޭޓަރެއްކަމަށާއި، ދެން އެމަނިކުފާނަށް އެއްވެސް އިހްތިރާމެއް ނެތްކަމަށެވެ. ފިޝަރީޒް މިނިސްޓަރ މުޙައްމަދު ޝައިނީ އަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓްރީގެ ބައެއް މަޤާމްތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި މައުމޫންގެ ވެރިކަމުގައި މިފްކޯގެ ޗެއަރމަންކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.