ޚަބަރު

މާރާމާރީއަކާ ގުޅިގެން ބިދޭސީންގެ 3 މީހަކު ހައްޔަރުކޮށްފި


ބ.އަތޮޅު ވައްކަރުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީންތަކެއްގެ މެދުގައި ހިނގި  މާރާމާރީއަކާ ގުޅިގެން 3 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ބުނީ ވައްކަރުގައި މި މީހުން ހައްޔަރުކުރީ ބިދޭސީއަކު ހިފަހައްޓައި އަނިޔާކޮށްފައިވާ ކަމަށް ހުށައެޅުނު މައްސަލައަކާ ގުޅިގެންކަމަށެވެ. މި މާރާމާރީގައި އަނިޔާވި ބިދޭސީ މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. ވައްކަރަކީ ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ ރަށެކެވެ. 

މިރަށުގައި ހިނގި މިމައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙްޤީގުކުރަމުން.