ޚަބަރު

2016 ވަނައަހަރުގެ ޖިނާއީ 4948 މައްސަލަ ޝަރީޢަތަށް!


2016 ވަނައަހަރުގެ ތެރޭގައި ޖިނާއީ ހަތަރުހާސް ނުވަސަތޭކަ ސާޅީސް އަށް، މައްސަލައެއްގައި ދަޢުވާކުރުމަށް ޝަރުޢީ ކޯޓްތަކަށް ހުށަހަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ. 

ޕީޖީ އޮފީހުގެ 2016 ވަނައަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2016 ވަނަ އަހަރުގެ ތެރޭގައި އެއޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ދިހަހާސް ދުއިސައްތަ ފަންސާސް ފަސް، މައްސަލައެއްގައި ގޮތެއް ކަނޑައަޅާފައިވޭ.

އެގޮތުން މީގެތެރެއިން ދައުވާކުރަން ނިންމާފައިވަނީ ހަތަރުހާސް ނުވަ ސަތޭކަ ސާޅީސް އަށް، މައްސަލައެއްގައެވެ. މީގެ ތެރެއިން ހެއްކާއި ޤަރީނާ ނެތިގެންނާއި، އެނޫންވެސް އެކިއެކި ސަބަބުތަކާ ގުޅިގެން ނުވަތަ ކުރިއަށްގެންދިއުމުގެ މަސްލަޙަތު ނެތިގެން ފަސްހާސް ދެ، މައްސަލައެއް ވަނީ އަނބުރާ ފޮނުވާލާފައެވެ. އަދި އެކި ސަބަބުތަކާހުރެ ތިންސަތޭކަ ފަސް، މައްސަލައެއްވަނީ ޕީޖީ އޮފީހުގައި ހިފަހައްޓާފައެވެ. ކޯޓްތަކަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ތިރީސް އަށެއް އިންސައްތަ މައްސަލަ ހުށަހަޅާފައިވަނީ ކްރިމިނަކް ކޯޓަށެވެ.

އަދި އަށާވީސް އިންސައްތަ މައްސަލަ މެޖިސްޓްރޭޓް ކޯޓްތަކަށް ހުށަހަޅާފައިވެއެވެ.

2016 ވަނައަހަރުގެ ތެރޭގައި ތަޙްޤީޤީ އެކި އިދާރާތަކުން ޕީޖީ އޮފީހަށް ހުށައަޅާފައިވަނީ ދެހާސް ދުއިސައްތަ އަށްޑިހަ ހަ، މައްސަލައެވެ.