ސިއްހަތު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ބޭއްވި ތަމްރީން ނިންމާލައިފި


މެންޓަލް ހެލްތު އެވެއަރނަސް ފައުންޑޭޝަނުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ނޭޝަނަލް ހެލްތު އެކަޑަމީއާއި ގުޅިގެން ބޭއްވި ޓްރެއިނިންގ ޕްރޮގްރާމް ނިމި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.

6 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޓްރެއިނިންގ ޕްރޮގްރާމްގެ މަޤުސަދަކީ ނަފްސާނީ މައްސަލަތަކާ ބެހޭގޮތުން މި ދާއިރާގައި މަސައްކަތްކުރާ މީހުން އިތުރަށް ތަމްރީންކުރުމެވެ. 

މެންޓަލް ހެލްތު އެވެއަރނެސް ފައުންޑޭޝަންގެ މެމްބަރެއްކަމަށްވާ ޑރ.އަބްދުﷲ ނާޒިމް ވިދާޅުވީ ނަފްސާނީ ދާއިރާގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ހެލްތް ވޯކަރުންގެ އިތުރުން މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމެއް ހިންގުމަކީ މުހިއްމުކަމެއް ކަމަށާއި ނަފްސާނީ ބަލިތަކަކީ ރާއްޖޭގައި އަދިވެސް އަޅާނުލެވިފައިވާ ދާއިރާއެއްކަމަށެވެ.

އައިޖީއެމްއެޗްގައި މިޕްރޮގްރާމް ބާއްވާފައިވާއިރު މި ޕްރޮގްރާމްގެ ސަބަބުން ނަފްސާނީ ގޮތުން ބަލި މީހުން ދެނެގަންނަން ދަސްވެފައިވާކަން ބައިވެރިން ފާހަގަކޮށްފައިވާއިރު އެފަދަ މީހަކު ފެނުމުން ދެން ކަންތައް ކުރަންވީ ގޮތް ދަސްވެގެންދިޔަކަން ބައިވެރިންވަނީ ފާހަގަކޮށްފައެވެ. މިއީ މެންޓަލް ހެލްތު އެވެއަރނަސް ފައުންޑޭޝަނުން ކުރިއަށްގެނދިޔަ މިފަދަ 3 ވަނަ ޕްރޮގްރާމެވެ.