ޚަބަރު

"ދެ ރުފިޔާގެ ލުއި ފައިސާ ފޮތި ފަސޭހައިން ހަލާކެއް ނުވާނެ"


އަލަށް ނެރުނު ދެރުފިޔާގެ ލުއި ފައިސާ ފޮއްޗަކީ، ކޮލިޓީގެ ގޮތުން ދަށް ފެންވަރުގެ އެއްޗެއް ނޫން ކަމަށާއި، ދެ ރުފިޔާގެ ފައިސާފޮތި ފަސޭހައިން ހަލާކު ނުވާނެކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ، އަލަށް ނެރުނު ދެރުފިޔާގެ ލުއި ފައިސާފޮތި އަވަހަށް ހަލާކުވާ ކަމަށް ބުނެ، ސޯޝަލް މީޑިއާއަށް ލަމުންދާ ފޮޓޯތަކަށް ރަނގަޅަށް ބެލުމުން ރުފިޔާ ގަދަކަމުން ހަލާކުކޮށްލާފައިވާކަން އެގޭނެ ކަމަށެވެ. އެމްއެމްއޭއިން ވަނީ، މިފަދަ ކަންތައްތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ދެރުފިޔާގެ ލުއި ފައިސާ ފޮތީގައި ދެމައުދަނެއް ބޭނުންކޮށްފައިވެއެވެ. ދެރުފިޔާގެ ލުއި ފައިސާ ފޮތީގެ ބޭރުގައި ބޭނުންކޮށްފައިވަނީ، ނިކަލް ބުރާސް އަދި އެތެރޭގައި ބޭނުންކޮށްފައިވަނީ، ނިކަލް ޕްލޭޓެޑް ސްޓީލެވެ.