ޚަބަރު

ޑިފެންސްގެ ސްޓްރެޓެޖިކް އެކްޝަން ރިވިއު ޕްލޭން ޢާންމުކޮށްފި


މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން މިއަހަރުގެ މިހާތަނަށް ކޮށްފައިވާ ކަންތައްތަކާއި ކުރިއަށް ރާވާފައިހުރި ކަންތައްތައް ހިމެނޭ ސްޓްރެޓެޖިކް އެކްޝަން ރިވިއު ޕްލޭން ޢާންމުކޮށްފިއެވެ.

މި އެކްޝަން ރިވިއު ޢާންމުކޮށްދެއްވީ ކޯސްޓް ގާޑް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރުއެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އެ މިނިސްޓްރީއާއި، އެ މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކަކީ މުހިންމު ޤައުމީ މަސައްކަތްތަކެއްކުރާ މުއައްސަސާތަކެއްކަން ފާހަގަކުރައްވައި ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި، ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި ޙާސިލްކުރަން ބޭނުންވާ ކަންކަން ރޭވުމަށް މި ރިވިއު ވަރަށް މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޑިފެންސް މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީގެ ދަށުން ކުރާ މަސައްކަތްތަކަށް އަންނަމުންދާ ކުރިއެރުން ގާތުން ބައްލަވާނެކަމަށާއި، މިނިސްޓްރީގެ ދަށުން ކުރާ މަސައްކަތްތައް ވީހާވެސް ހަލުވިކަމާއެކު ކުރުމަށް މިނިސްޓްރ ވަނީ ގޮވާލައްވާފައެވެ.