ޚަބަރު

ދެ ދޯނި ފަރަށް އަރައިގެން، އެމްއެމްޑީއެފުން ހަރަކާތްތެރިވަނީ


ދެ ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާ އެއް ހާދިސާއަކީ، ތ.އޮޅުގިރިން ފުރައިގެން މާލެ ދަތުރުކުރި "ނޫރު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ވ.ފޮއްތެޔޮ މުލި ފަރަށް އަރައިގެންނެވެ. ދިވެއްސަކާއި ތިން ބިދޭސީން ދަތުރުކުރި މިދޯނި ފަރަށް އެރިކަމުގެ މަޢުލޫމާތު ރޭ 23:30 ގައި އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން، އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަނީ ހަރަކާތްތެރިވަމުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މީގެއިތުން މާލެއިން މުދާ ބަރުކޮށްގެން 4 ފަޅުވެރިންނާއެކު ށ.އަތޮޅު ގާކޮށިނބި އަށް ދަތުރުކުރި "ކުރޫޒާ 4" ދޯނި އެރަށު ނެރުމައްޗަށް ފަރަށް އެރިކަމުގެ މަޢުލޫމާތު ރޭ، 20:15 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ވަނީ ހަރަކާތްތެރިވާންފަށާފައެެވެ. 

މި ދެ ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.