ޚަބަރު

"އެމްއެންޑީއެފްއާ ގުޅޭގޮތުން ދައްކަނީ ދޮގު ވާހަކަތަކެއް"


ޝަރުޢީ ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކު ދޫކޮށްލުމަށް އެދި ސިފައިންގެ ބަޔަކު ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަޤީޤަތާއި ޚިލާފް ވާހަކަތަކެއްކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހާމަކުރައްވައިފިއެވެ. 

އެމްއެންޑީއެފްގެ ބްރިގޭޑިއަރ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ އެއްވެސް މީހަކު ދޫކޮށްލުމަށް އެދި ސިފައިންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވާފައިނުވާކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފް ވާހަކަތަކެއްކަމަށް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ. 

tw:https://twitter.com/PSMnewsmv/status/887650570135261184

ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ދިވެހި ސިފައިން އަބަދުވެސް ތިބޭނީ އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައިކަމަށެވެ. އަދި ސިފައިންނާއި ގުޅޭގޮތުން މިފަދަ ހަޤީޤަތެއް ނެތް ވާހަކަތައް ނުފެތުރުމަށް ޒަކަރިއްޔާ މަންސޫރު އެދިވަޑައިގަތެވެ.