ޚަބަރު

ދައުލަތުން ލިބެންޖެހޭ ފައިސާ ހޯދަން ޚާއްސަ ކޮމިޝަނެއް!


"ކޮމިޝަން އޮފް ސްޓޭޓް ރިކަވަރީ"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ކޮމިޝަނެއް އުފައްދަވައިފިއެވެ. 

މިކޮމިޝަނަކީ، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އޭސީސީން ނެރުއްވާފައިވާ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ދައުލަތަށް ލިބެންޖެހޭ ފައިސާތައް ބަލައި ދިރާސާކޮށް، އެފައިސާތައް ހޯދުމަށް އެކުލަވާލާފައިވާ ކޮމިޝަނެކެވެ. މިއީ އެއް އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލާފައިވާ މިކޮމިޝަނެކެވެ. މި ކޮމިޝަންގައި ހިމެނި ވަޑައިގަންނަވަނީ، ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުޖުތާޒް، ޙަދީޖާ ޙަސަން، އިބްރާހީމް މަޙްފޫޒް އަދި މުޙައްމަދު ސަލީމް، މި ފަސް ބޭފުޅުންނެވެ.