އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދާ ބީޓެކްގެ ޑިޕްލޮމާ ލެވެލް ދޭއްގައި ބައިވެރިވި 36 ސްކޫލަކުން ތިންސަތޭކައަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ދެހާސް ސާދަވަނަ އަހަރު ސަރުކާރުން ފަށްޓަވާފައިވާ ބީޓެކް ސްޓްރީމަކީ ގްރޭޑް އަށަކަށް ކުދިން ބަދަލުވާއިރު ސްޓްރީމް ސަބްޖެކްޓެއްގެ ގޮތުގައި، ބީޓެކް ހަދަން ބޭނުންވާ ކުދިންނަށް ދޭ ފުރުޞަތެކެވެ.
އެއްވެސް ކުއްޖެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ބީޓެކް ތަޢާރަފްކުރީ ހުރިހާ ކުދިންނަށްވެސް ދިރިއުޅުމުގައި ކޮންމެހެން ލިބެންޖެހޭ ހުނަރާއި، މަސައްކަތުގެ އަޚްލާހު އަށަގެންނުމަށް ހިންގާ ސްޓްރީމެއްގެ ގޮތުގައެވެ. އަދި މި ސްޓްރީމްގެ ސަބަބުން ތަޢުލީމް ޚާޞިލްކުރުމުގައި އިތުރު ފުރުޞަތުތަކެއް އެކުދިންނަށް ލިބިގެންދެއެވެ.
img:http://s3.psmnews.mv/images/660x400/15003690761346.jpg|ބީޓެކްގެ ޑިޕްލޮމާ ލެވެލް ދޭއްގައި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ނާޒިމް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ / ފޮޓޯ؛ ޕީއެސްއެމް
ސްކޫލަތަކަށް ބީޓެކް ތައާރަފްކުރީ އާޓް އެންޑް ޑިޒައިން، ސްޕޯޓްސް، އަދި ބިއުޓީ ތެރަޕީ މި ތިން ދާއިރާއާއި އެކުނަމަވެސް މިހާރު މި ތިންދާއިރާގެ އިތުރުން މިސްޓްރީމްގައި ހޮސްޕިޓާލިޓީ، ބިޒްނަސް، ކޮންސްޓްރަކްޝަން އަދި އިންޖީނިއަރިން ކިޔަވައިދެމުންދެއެވެ.
img:http://s2.psmnews.mv/images/660x400/15003691088693.jpg|ބީޓެކްގެ ޑިޕްލޮމާ ލެވެލް ދޭއްގައި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ / ފޮޓޯ؛ ޕީއެސްއެމް
ދެހާސް ސާދަވަނަ އަހަރު ތަޢާރަފް ކުރި މި ސްޓްރީމްގައި ތިރީސް ހަ ސްކޫލަކުން ތިންސަތޭކައަށް ވުރެ ގިނަ ދަރިވަރުން މިއަހަރު ދަސްވެނިވިއެވެ. އޭގެތެރޭގައި ޑިޕްލޮމާ ލެވެލް ދޭއް ނިންމާ ފާސް ގްރޭޑް ހާސިލް ކުރި 187 ދަރިވަރުންނާއި ބީޓެކް ޑިޕްލޮމާ ލެވެލް ދޭއްގެ މެރިޓް ހާސިލް ކުރި 84 ދަރިވަރަކާއި ޑިސްޓިންކްޝަން ހާސިލް ކުރި 11 ދަރިވަރުން ހިމެނެއެވެ. މީގެއިތުރުން ޑިސްޓިންކްޝަން ސްޓާ ހާސިލް ކުރި 12 ދަރިވަރަކުވެސް ހިމެނެއެވެ.
img:http://s1.psmnews.mv/images/660x400/15003691416704.jpg|ބީޓެކްގެ ޑިޕްލޮމާ ލެވެލް ދޭއްގައި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ؛ ޕީއެސްއެމް
ބީޓެކްގެ ދަސްވެނިވި ދަރިވަރުންނަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ އަހަރުން އަހަރަށް މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންގެ ކުދިން އިތުރުވަމުންދާކަމަށެވެ. އަދި މި ޕްރޮގްރާމަށް ދަރިވަރުން އިތުރުވަމުން ދިޔުމަކީ މި ޕްރޮގްރާމަށް ދަރިވަރުންނާއި، ބެލެނިވެރިންގެ އިތުބާރު ލިބެމުންދާކަމުގެ ހެއްކެއްކަމަށެވެ.
މި ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވީ، ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނެވެ.