ޚަބަރު

ފަރުވާ ދެމުންދިޔަ ގައިދީއަކު ނިޔާވެއްޖެ


ޙުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ކަރެކްޝަނުން ވިދާޅުވީ ނިޔާވެފައިވަނީ އުމުރުން 52 އަހަރުގެ މީހެއްކަމުގައިވާ ހ. ލަންދޫގެއިރުމަތީބައި، މުޙައްމަދު ބަދީޢުއެވެ. އަދި މުޙައްމަދު ބަދީއުއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ އިއްޔެ މެންދުރުގެ ވަގުތެއްގައިކަމަށް ކަރެކްޝަނުން މައުލޫމާތު ދެއްވައެވެ. އޭނާ ނިޔާވެފައިވަނީ ރޭގެ ފަތިހު 3:30 ހާއިރުކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ.