ސިޔާސީ

24 ދާއިރާއެއްގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި





މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 24 ދާއިރާއެއްގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފިއެވެ.


 
އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ ސާޅީސް ހަތް ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައެވެ. މިއާއެކު މިހާތަނަށް މުޅި ޖުމްލަ ހަތްދިހަ އެއް ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާއިރު ބާކީ އަދި ސާދަ ދާއިރާއެއް އިއުލާން ކޮށްފައެއްނުވެއެވެ.  



އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ސަރުކާރު ކޯލިޝަނުން ސާޅީސް ހަތަރު ގޮނޑި ކަށަވަރުކުރިއިރު އެމްޑީޕީން ވަނީ ސައުވީސް ގޮނޑި ކަށަވަރުކޮށްފައެވެ.


 


ޕީޕީއެމަށް ލިބިވފައިވަނީ ނަވާވީސް ގޮނޑިއެވެ. ޖުމްހޫރީ ޕާޓީން ވަނީ އެގާރަ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އެމްޑީއޭއިން ހަތަރު ގޮނޑި ކާމިޔާބުކުރިއިރު، މިނިވަން ދެ ކެންޑިޑޭޓަކު ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. އަދި އަދާލަތު ޕާޓީގެ ކެންޑިޑޭޓަކުވެސް ވަނީ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ.