ޚަބަރު

މިފްކޯއިން ޕައުޗުގައި މަސް ބަންދުކޮށްގެން ބާޒާރަށް ނެރެނީ


ޕައުޗުގައި މަސް ބަންދުކޮށްގެން ދުނިޔޭގެ ބާޒާރަށް ވިއްކުމަށް ފެލިވަރު މަސް ފެކްޓަރީ ތައްޔާރުވަމުންދާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.  

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ ފެލިވަރުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިފްކޯއާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އެގޮތުން ފެލިވަރުގައި ޤާއިމްކުރާ ޕައުޗު ޕްލާންޓުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ނިމޭނެ ކަމަށް ޝަހީރު ވިދާޅުވިއެވެ.

މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ވިދާޅުވީ ފެލިވަރަކީ ދުނިޔޭގެ ފެންވަރުގެ ފެކްޓްރީއެއް ކަމަށެވެ. އަދި ފެލިވަރު މަސް ފެކްޓަރީއަށް ދުނިޔޭގެ އެންމެ ނަން މަޝްރޫއު ކުންފުނިތަކުން އޯޑަރުތައް އަންނަ ކަމަށް އަދްލީ ވިދާޅުވިއެވެ.

ފެލިވަރުގައި ޕައުޗު ޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިދިޔަ އަހަރު ވަނީ ފެލިވަރުމަސް ފެކްޓަރީވެސް އަޕްގްރޭޑްކޮށް، ޒަމާނީ މެޝިންތައް ބަހައްޓައި، ކެޕޭސިޓީ އިތުރުކޮށްފައެވެ.