ޚަބަރު

ދަރުސް "ހަތަރު އިމާމުންގެ ޢަޤީދާ" މިރޭ!


"ހަތަރު އިމާމުންގެ ޢަޤީދާ" މިނަމުގައި ޖަމްޢިއްޔަތުއް ސަލަފުން ބާއްވާ ދަރުސް މިރޭ އޮންނާނެއެވެ. 

މިދަރުހަކީ ރާއްޖޭގެ އަދުގެ ޙާލަތާ ގުޅުވާލައިގެން ޒުވާނުންނަށް އިސްލާމީ ޢަޤީދާ ބަޔާންކޮށްދެއްވުމުގެ މަޤްސަދުގައި ބާއްވާ ދަރުހެއްކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ދަރުސް އޮންނާނީ މިރޭ އަށްގަޑި ސާޅިސް ފަހެއްގައި ދަރުބާރުގޭގައެވެ.

img:http://s4.psmnews.mv/images/660x400/15000247125339.jpg|އައްޝެއިޚް އިމްރާން މުހައްމަދު އަލީ، އައްޝެއިޚް އަހްމަދު ސަމީރު އިބްރާހިމް، އައްޝައިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝެއިޚް ހަސަން މޫސާ ފިކުރީ

މިދަރުސް ދެއްވާނީ އައްޝެއިޚް ހަސަން މޫސާ ފިކުރީ އާއި އައްޝެއިޚް އިމްރާން މުހައްމަދު އަލީ އާއި އައްޝެއިޚް އަހްމަދު ސަމީރު އިބްރާހިމްގެ އިތުރުން އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ކަމަށް ސަލަފުން ބުނެއެެވެ. 

މި ދަރުސް ޕީއެސްއެމްގެ މުންނާރު ޗެނަލުން ވަގުރުން ދުރަށް ދައްކާނެއެވެ.