ޚަބަރު

"84އަހަރުގެ ތެރޭގައި އެންމެ ފަޚުރުވެރި ނަތީޖާ ހޯދީ މިދިޔަ އަހަރު"


ވަކިނިޒާމެއްގެ ދަށުން ރާއްޖޭގެ ސްކޫލު ތަޢުލީމު، ފޯރުކޮށްދޭން ފެށިފަހުން، ވޭތުވެދިޔަ 84 އަހަރުގެ ތެރޭގައި ހޯދި އެންމެ ފަޚުރުވެރި ނަތީޖާ ހާސިލްކުރީ މިދިޔަ އަހަރުކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޓޮޕްއެޗީވަރސް އެވޯޑް ހަފްލާގައި ވާހަކަފުޅުދައްކަވަމުން  މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް ވިދާޅުވީ،  މިއީ ދިވެހިރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ޙާޞިލުކުރި ޤައުމީ ރެކޯޑެއް ކަމަށެވެ. 2016  ވަނަ އަހަރު ގެ  އޯލެވެލް އިމްތިހާނުން ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހޯދިދަރިވަރުންގެ ތެރޭގައި ރާއްޖޭގެ 48 ދަރިވަރަކު ހިމެނިފައިވާއިރު އިނގިރޭސި، ހިސާބު އަދި އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންގެތެރޭގައި ދިވެހި ދަރިވަރުން ހިމެނުނުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުވެފައިވަނީ، ތަޢުލީމީ ދާއިރާއަށް ނުހަނު ކާމިޔާބު އަހަރެއްގެ ގޮތުގައިކަން ސިފަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިފަހަރު މި ހޯދި ކާމިޔާބީންވެސް ހާމަ ކޮށްދެނީ މުޅި ތަޢުލީމީ ދާއިރާއަށް އަންނަ ކުރިއެރުންތައް ކަމަށެވެ. 

މިރޭ ބޭއްވި ޓޮޕްއެޗީވާސް އެވޯޑް ހަފްލާގައި ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ އިތުރުން، ވަކިވަކި މާއްދާތަކުން ދުނިޔޭން އެއްވަނަ ހާސިލްކުރި ދަރިވަރުންނާއި، އެކި މާއްދާތަކުން ހައި އެޗީވަމަންޓް ހާސިލް ކުރި ދަރިވަރުންނާއި، ސާނަވީ އިމްތިހާންތަކުން ފަޚުރުވެރި އެއްވަނަ ހާސިލްކުރި ދަރިވަރުންނަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އެޑިއުކޭޝަން މިނިސްޓްރީންދޭ އިނާމާއި، އެވޯޑް ވަނީ ދީފައެވެ.