ޚަބަރު

އައްޑޫ ލިންކްރޯޑްގައި އެކްސިޑެންޓެއްހިނގައި ބަޔަކަށް އަނިޔާވެއްޖެ


އައްޑޫ ސިޓީ ލިންކް ރޯޑްގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓިގެންގޮސް ރުކެއްގައި ޖެހި އެކްސިޑެންޓްވެ ބަޔަކަށް އަނިޔާވެއްޖެއެވެ.

ހިތަދޫގައި ހިނގި މި ހާދިސާގައި އެކްސިޑެންޓްވި ކާރުގައި ފަސްވަރަަކަށް މީހުން ތިބިކަމަށާ، އެމީހުންނަށް އެކިވަރުގެ ހާނީއްކަ ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މިކާރު އެވަގުތު އެމަގުން ދުއްވި އެހެން ވެހިކަލެއްގައި ވެސް ޖެހުނުކަަމަށާ، ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.