ޚަބަރު

ޤާސިމް އިބްރާހީމްގެ މައްސަލަ އަލުން ކޯޓަށް ހުށަހަޅައިފި


ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށް ތުހުމަތުކުރާ މައްސަލަތަކުގެ ދަޢުވާތައް އަލުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން މި މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ފޮނުވާފައި މިވަނީ، ޤާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތްތަކުގެ އަޑުއެހުންތަކަށް ދައުލަތުގެ ވަކީލުން ހާޒިރު ނުވެގެން އެމައްސަލަ ކްރިމިނަލްކޯޓުން ބޭރުކޮށްލައިފައި ވަނިކޮށެވެ.ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅުވައިގެން 26 މާރޗް ވީ އާއްދީއްތަ ދުވަހުގެ ރޭ  މ.ކުނޫޒްގައި ބޭއްވި ޖަލްސާގައި، މަޖިލީހުގެ އެހެން ދާއިރާތައް ތަމްސީލްކުރައްވާ މެންބަރުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް ބޭރުކުރުމަށް ވޯޓު ދެއްވައިފިނަމަ، އެ މެންބަރަކު ހިމެނިވަޑައިގަންނަވާ ދާއިރާއެއްގެ ޓިކެޓް ދޭނެކަމަށާއި، އެހެން ހުރިހާ ގޮތަކުންވެސް އެހީތެރިވެދޭނެކަމަށް ބުނެ ވާހަކަ ދައްކާފައިވާތީ، ދައުލަތުން ޤާސިމްގެ މައްޗަށް ހުށައެޅި ތިން ދައުވާ  މިމަހުގެ ދިހަ ވަނަ ދުވަހުގެ ރޭ ކުރިމިނަލް ކޯޓުން ބާޠިލްކޮށްފައިވަނީ އެރޭ ބޭއްވުމަށް ތާވަލްކުރި އަޑުއެހުން ޖެހިގެންއައި ދުވަސް 11 ޖުލައިގެ ވަގުތަކަށް ފަސްކޮށްދިނުމަށް އެދި ސިޓީ ފޮނުވާފައިވަނިކޮށްކަމަށެވެ.ޤާސިމްގެ މައްޗަށް ދައުލަތުން އުފުލާ ތިން ދައުވާއަކީ، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކޫށުގެ ދައުވާއާއި، ވޯޓު ދޭންހުރި މީހަކަށް ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާއާއި، ރިޝްވަތުދިނުމަށް ހޫށައެޅުމުގެ ކުށުގެ ދައުވާއެވެ. ޕީޖީ އޮފީހުން ބުނީ، މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ޤާސިމް އިބްރާހީމްގެ މައްޗަށް ދައުވާކުރުމަށް އަލުން ކްރިމިނަލް ކޯޓަށް މިއަދު ހުށައަޅާފައިވާކަމަށެވެ.