ޚަބަރު

ރީކޯ މޫސަ ޕީޕީއެމްއަށް ސޮއިކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ޕީޕީއެމްއާ ގުޅިވަޑައިގަތީ، ޕީޕީއެމްގެ އޮފީހުގެ މިރޭ ބޭއްވެވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންނެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މޫސާ މަނިކު ވިދާޅުވީ ޕީޕީއެމްއާ ގުޅިވަޑައިގަތީ، ސިޔާސީ ރަނގަޅު މަސައްކަތެއް މިވަގުތު ކުރެވެން އޮތީ ޕީޕީއެމްއާ ގުޅިވަޑައިގެންކަމަށް ޤަބޫލުކުރައްވާތީކަމަށެވެ.