ޚަބަރު

ތައިލެންޑް މޯލްޑިވްސް ބިޒްނަސް މެޗިންގ ފޯރަމް ބާއްވައިފި


ތައިލެންޑާއި ރާއްޖެއާއި ދެޤައުމުގެ ދެމެދުގައި ފަށާ "ތައިލެންޑް މޯލްޑިވްސް ބިޒްނަސް މެޗިންގ ފޯރަމް" ގެ ދެވަނަ ބައްދަލުވުން ބާއްވައިފިއެވެ.

ނޭޝަނަލް އާޓް ގެލަރީގައި މިއަދު ބޭއްވި "ތައިލެންޑް މޯލްޑިވްސް ބިޒްނަސް މެޗިންގ ފޯރަމް" އަކީ މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް ކޮށުނު އިތުރު މަގެކެވެ. ތައިލެންޑްގެ އިންޓަރނޭޝަނަލް ޓްރޭޑް ޕްރޮމޯޝަން އާ ގުޅިގެން އެޤައުމުގެ ވިޔަފާރިންވެރިން ބައިވެރިވި މި ފޯރަމްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ، މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ވިޔަފާރިތަކަކީ ތައިލެންޑްގެ ވިޔަފާރިތަކަށް ފަރިތަ ބަޔަކަށް ހެދުންކަމަށެވެ.

img:http://s1.psmnews.mv/images/660x400/14997760928096.jpg|ތައިލެންޑް މޯލްޑިވްސް ބިޒްނަސް މެޗިންގ ފޯރަމްގެ ތެރެއިން / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ތައިލެންޑްގައި އެކި ކަހަލަ އުފެއްދުންތައް އުފައްދައި އެކްސްޕޯޓްކުރާ 33 ކުންފުންޏަކުން މި ފޯރަމްގައި ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ފަރުނީޗަރު، އުފައްދާ އެކްސްޕޯޓްކުރާ، ކުންފުނިތަކާއި، ސްޕާ، ގާމަންޓް އަދި ކާބޯތަކެތީގެ އެކްސްޕޯޓްކުރާ ކުންފުނިތައް ހިމެނެއެވެ.

މި ބައްދަލުވުމުގެ ތެރެއިން ތައިލެންޑުން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާއި މުދާ އެތެރެކުރަން ބޭނުންވާ ރާއްޖޭގެ ވިޔަފާރިވެރިންނަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.