ޚަބަރު

3 މާރާމާރިއެއްގައި 5 މީހަކަށް އެކިވަރުގެ ޒަޙަމް


އިއްޔެއާއި ރޭ ހިނގި 3 މާރާމާރިއެއްގައި 5 މީހަކަށް އެކިވަރުގެ ޒަޚަމް ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިއްޔެ އެންމެ ފުރަތަމަ މާރާމާރީ ހިންގާފައިވަނީ ހަވީރު ފަހެއްޖަހާ އެހާކަންހާއިރު، ހެންވޭރު އަޑިޕާކް ސަރަޙައްދުގައިކަމަށެވެ. މި މާރާމާރީގައި ދެ މީހަކަށް ލަކުޑިބުރިތަކަކުން ހަމަލާދީފައިވާކަމަށް ފުލުހުން ބުނެއެވެ. މި މާރާމާރީގައި މި ދެ މީހުނަށް ސީރިއަސް އަނިއާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ.

ދެވަނަ މާރާމާރީ ރޭ ނުވައެއް ޖަހާ އެހާކަންހާއިރު ހިނގާފައިވާއިރު މި މާރާމާރީގައި 16 އަހަރާއި 17 އަހަރުގެ 2 ކުދިންނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ފުލުހުން ބުނެއެވެ. 16 އަހަރުގެ ކުއްޖާގެ ބުރަކަށީގެ 7 ތަނަކަމަށް ހަމަލާދީފައިވަކަމަށާއި 17 އަހަރުގެ ކުއްޖާގެ އަރިކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، ރޭ 8:20 އެހާކަންހާއިރު ހެންވޭރު ސީޑޮސްޓް ގެއަށް ބަޔަކު ވަދެ މާރާމާރި ހިންގާފައިވާކަމަށާއި މި މާރާމާރީގައި އެކެއްގެ ބޯފަޅާލާފައިވާކަމަށެވެ. މި މާރާމާރިތަކުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މާރާމާރިތަކުގެ ތަޙްޤީޤް ކުރިއަށްދާކަމަށެވެ.