ޚަބަރު

އދ ގައި ހުންނަވާ ރާއްޖޭގެ ދާއިމީ ސަފީރަށް ފަތްކޮޅު އަރުވައިފި


ރައީސުލްޖުމްހޫރިއްޔާ، އދ ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމަށާއި، ދެ ޤައުމެއްގެ ސަފީރުކަމަށް ބޭފުޅަކު ޢައްޔަން ކުރައްވައި، މަޤާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އދ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމަށާއި، އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ކެނެޑާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، އައްޔަން ކުރައްވާފައިވަނީ، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ބެންހާގެ ޢަލީ ނަޞީރު މުޙައްމަދުއެވެ.

ޢަލީ ނަޞީރު މުޙައްމަދަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.