ތަޢުލީމު

އަހްމަދިއްޔާ ސްކޫލުން 273 ދަރިވަރުން ދަސްވެނިވެއްޖެ


އަހްމަދިއްޔާ އިންޓަރނޭޝަނަލް ހައި ސްކޫލުން މިއަހަރު 273 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

އަހްމަދިއްޔާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ 2017ގެ ދަސްވެނިވެނިމުން ބާއްވާފައިވަނީ އެ ސްކޫލް ހޯލުގައެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ އެ ސްކޫލުން ތައުލީމް ޙާސިލްކޮށްގެން މުޖުތަމަޢަށް ނުކުންނަ ކޮންމެ ދަރިވަރަކީ އަޙްލާގް ރަނގަޅު މޮޅު ދަރިވަރުންތަކަކަށް ހެދުމަށް ސްކޫލްގެ މުވައްޒަފުންނާއި، މުދައްރިސުންނާއި ބެލެނިވެރިން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އަދި ކޮންމެ ތަނެއްގައި ހުރި ނަމަވެސް ކޮންމެ މަސައްކަތްތެއް ކުރިނަމަވެސް އަޚްލާގު ދޫކޮށްނުލުމަށް ދަރިވަރުންނަށް ޕްރިންސިޕަލް ނަސޭޙަތްތެރިވެފައިވެއެވެ.

img:http://s3.psmnews.mv/images/660x400/14994926104707.jpg|އަހްމަދިއްޔާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ 2017 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

އަހްމަދިއްޔާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕާސަން ފާރިހާ ޝަރީފް އާއި، މޯލްޑިވސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޑިރެކްޓަރ ފައިނޭންސް އެންޑް ފަންޑް މެނޭޖްމަންޓް ޢަބްދުއްލަޠީފްއެވެ.