ޚަބަރު

މެމްބަރު ޝަހުދީ ޕީޕީއެމްއިން ވަކިވެވަޑައިގެންފި


ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޙުސައިން ޝަހުދީ ޕީޕީއެމް އިން ވަކިވެވަޑައިގެންފިއެވެ. 

އޭނާ ޕީޕީއެމްއިން ވަކިވުމަށް އެދި އެޕާޓީގެ ސެކްރެޓަރީ ޖެނަރަލްއަށް ސިޓީ ފޮނުއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ޝަހުދީ ޕީޕީއެމްއިން ވަކިވިއިރު އޭނާވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސިޙް މުޙަންމަދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ތާޢީދުކޮށް ސޮއިކުރައްވާފައެވެ.