ސިޔާސީ

ރައީސް ޔާމީންގެ ރިޔާސަތަށް ދެ އަހަރު


ރާއްޖޭގެ އުމްރާނީ އަދި އިޖްތިމާއީ ތަރައްޤީއަށް ކުރެވުނު މަސައްކަތްތައް













މި މަޝްރޫއުތަކުގެ އިތުރުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ގެނެވުނު ހެޔޮ ބަދަލު ތަކާއި އެކު އަވައްޓެރި ޤައުމުތަކާއިއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި ދުނިޔޭގެ ބޮޑެތި ޤައުމުތަކުންވެސް ރާއްޖެއާއިއެކު ގާތް ގުޅުމެއް ބާއްވަމުން އަންނަކަންވެސް ފާހަގަ ކުރެވެއެވެ.ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާފައިވަނީ 17 ނޮވެމްބަރ 2013ގައެވެ.ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު، ފުރަތަމަ ފަހަރަށް ދިވެހި ޤައުމާއި މުޚާތަބު ކުރައްވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަކީ ރައްޔިތުންގެ ރައީސް ކަން ފާހަގަކުރައްވާ ދިވެހި ރައްޔިތުންނަށް އިޖްތިމާއީ އަދި އިޤްތިސާދީ ރައްކާތެރިކަން ހޯއްދަވައިދެއްވާނެ ކަމުގެ އުމްމީދު އާކޮށްދެއްވިއެވެ.ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރަށް މިއަދު ދެ އަހަރު ފުރިގެންދާއިރު، ސަރުކާރުން ދިވެހި ޤައުމުގެ އިޖްތިމާއީ، އިގްތިޞާދީ އަދި އުމްރާނީ ތަރަށްޤީއަށް ކޮށްދެއްވަވާފައިވާ ޚިދުމަތްތަކަކީ ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ.