ތަރައްްޤީ

ހައިވޭގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރަށް ނިންމަނީ


މާލެއާއި ހުޅުލެ ގުޅުވާލަދޭ ބްރިޖަކީ މިހާރު ރާއްޖޭގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.

މި ބްރިޖްގެ ސަބަބުން ހުޅުލެއަށް ދަތުރުކުރާ މީހުންގެ އިތުރުން ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުކުރާ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ބްރިޖްގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ތަރައްގީ ކުރުމުގެ މަސައްކަތްވެސް ދަނީ ހަލުވިކަމާއެކުކުރިއަށެވެ. މި މަގު ތަރައްޤީކުރަމުންދަނީ އެންމެ ޒަމާނީ ފެންވަރަށް ބްރިޖާއި އެއް ފުޅާ މިނެއްގައި ކަމަށް ހައުސިންގ މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި މަގުގެ ސަބަބުން ހުޅުލޭ އެއަރޕޯޓަށް ދަތުރު ކުރާ މީހުންނަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި މަސައްކަތްތައް ކުރިއަށްދާއިރު ތަރައްޤީކުރާ މަގާ ގުޅިގެން ޕާކިން ޒޯންތަކެއް ހެދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ބްރިޖްގެ މަރާމާތުގެ މަސައްކަތަށް ޚާއްސަ އޮފީހެއް އެޅުމަށް ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މި އޮފީހުން ބްރިޖްގެ މަރާމާތައް ބޭނުންވާ ތަކެތި ފޯރުުކޮށްދިނުމާއި، ކާމާ ބެހޭ ޕްރޮފެޝަނަލް މީހުންގެ ޚިދުމަތާއި، ބްރިޖްގެ މަރާމާތައް މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ބްރިޖްގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާއިރު މިހާނު ކުރިއަށްދަނީ ބްރިޖްގެ ތަނބުތައް ގުޅުވާލަދޭ ބީމްތައް އެތުރުމުގެ މަސައްކަތް ކުރަމުންނެވެ.