ޚަބަރު

"އިދިކޮޅު ފަރާތްތަކުން އުޅެނީ ތަރައްޤީ ހަޖަމް ނުކުރެވިގެން"


ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤައުމަށް ގެނެސްދެއްވާ ތަރައްޤީ ހަޖަމް ނުކުރެވިގެންކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މުޙައްމަދުގެ އިތުބާރުނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅުމުން އެކަމާއި ގުޅިގެން ހެލްތު މިނިސްޓަރ ނާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ކުރާކަމަކީ ތަރައްޤީއަށް ހުރަސް އެޅުންކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށައަޅާފައިވަނީ ސަރުކާރަށް ނިސްބަތްވާ 10 މެމްބަރުންގެ ވެސް ސޮޔާއާ އެކުއެވެ.

ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ވަނީ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ ފެއިލްކޮށްލާ ސަރުކާރު ކޯލިޝަނުން ކާމިޔާބު ކުރާނެކަމަށް ވިދާޅުވެފައެވެ. މިއީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މައްސަލަ ހުށައެޅި 3 ވަނަ ފަހަރެވެ.