ދުނިޔެ

އަބޭގެ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ


ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި އާދިއްތަ ދުވަހު ބޭއްވި އިންތިޚާބުގައި އެގައުމުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް ތާރީޚީ ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޓޮކިޔޯގެ މެޓްރޮޕޯލިޓަން އެސެމްބްލީ އިންތިޚާބުގައި އަބޭގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީއަށް ލިބިފައިވަނީ 127 ގޮނޑީގެ ތެރެއިން އެންމެ 23 ގޮނޑިއެވެ. މި އިންތިޚާބުގެގެ ކުރިން އެޕާޓީގެ މެމްބަރުން 57 ގޮނޑި ފުރުއްވަމުން ގެންދެވިއެވެ. ބޮޑު އަޣްލަބިއްޔަތަކުން އާދިއްތި ދުވަހުގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ޓޯކިއޯގެ ގަވަރުނަރު ޔުރީކޯ ކޮއިކޭގެ ޓޯކިއޯ ސިޓިޒަންސް ފަސްޓް ޕާޓީންނެވެ. އެޕާޓީން ވަނީ 79 ގޮނޑި ކާމިޔާބުކޮށްފައެވެ.

img:http://s4.psmnews.mv/images/660x400/14990837191672.jpg|ޖަޕާނުގެ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ޓޯކިއޯގެ ގަވަރުނަރު ޔުރީކޯ ކޮއިކޭގެ ޓޯކިއޯ ސިޓިޒަންސް ފަސްޓް ޕާޓީން / ކޮއިކޭއަކީ ޖަޕާނުގެ ކުރީގެ ޑިފެންސް މިނިސްޓަރެއް

ބޮޑުވަޒީރު އަބޭގެ އަރިސް ބޭފުޅަކަށް ސަރުކާރުން ނާޖާއިޒު ފައިދާތަކެއް ހޯދައިދީފައިވާކަމުގެ ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެން، އަބޭގެ ހަތަރު އަހަރުވެފައިވާއިރު ސަރުކާރުގެ މަޤްބޫލުކަން މިހާރު ދަނީ ފަނޑުވަމުންނެވެ. އެހެންނަމަވެސް ބޮޑުވަޒީރު އަބޭ ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. މީގެ އަހަރު ދުވަސް ކުރިން ޓޯކިއޯގެ ގަވަރުނަރުކަމުގެ މަޤާމާ ހަވާލުވި ކޮއިކޭއަކީ މިމަޤާމު ފުރުއްވާ ފުރަތަމަ އަންހެން ބޭފުޅާއެވެ.

ޖަޕާނުގެ ދިފާޢި ވަޒީރުކަންވެސް ކުރައްވާފައިވާ ކޮއިކޭ ވަނީ ޓޯކިއޯގެ ވެރިކަންކުރާ ނިޒާމަށް އިސްލާހީ ބަދަލުތައް ގެނެސް، އިޤުތިޞާދު ވަރުގަދަކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.