ޚަބަރު

12 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގެ ނުރައްކާތެރި 3 ހާދިސާއެއް


ފާއިތުވެދިޔަ 12 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގެ ނުރައްކާތެރި ތިން ހާދިސާއެއް ހިނގާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުފަތުރު ކުރުމުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައެވެ. އަދި ޚާއްޞަގޮތެއްގައި ދަތުރަށް ފެށުމުގެ ކުރިން، މޫސުމާ ބެހޭ އިދާރާއިން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށާއި، އުޅަނދުތަކުގައި ދަތުރު ވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކޮށްފައެވެ.

މޫސުމާބެހޭ އިދާރާއިން ވަނީ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ވައިޓް އެލަރޓްވެސް ނެރެފައެވެ.

ކަނޑުމަތީގެ ހާދިސާއެއް ހިނގައިފިނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 އާއި ގުޅުމަަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.