ސިޔާސީ

މެމްބަރުންނާއި ވަޒީރުންގެ މެދުގައި ނުތަނަވަސްކަމެއް ނެތް-ޕީޕީއެމް


ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ތެރެއިން ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ މެދުގައި، ވަޒީރުންނާމެދު މާބޮޑު ނުތަނަވަސް ކަމެއް ނެތްކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ނާއިބު ލީޑަރ ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރ އަޙްމަދު ތާރިޤް، ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ އިސްތިއުފާ ދެއްވުމަށް ޝޯޝަލް މީޑިއާގައި ގޮވާލައްވާފައިވާތީ އެކަމާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒު ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އެއްވެސް މެމްބަރެއްގެ މެދުގައި އެއްވެސް ވަޒީރަކަށް ވަކި ތާއީދެއް ނޯންނާނެ ކަމަށެވެ. އަދި ވަޒީރުންނަށް އޮންނަ ތާއީދަކީވެސް ސީދާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް އޮންނަ ތާއީދެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ޕީޕީއެމް އަދި އެމްޑީއޭ ޕާލިމަންޓްރީ ގްރޫޕް އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާ ވަކިވަކި ބިލްތަކަށް މެމްބަރުން މަޖިލީހުގައި އަދި އެނޫންވެސް ބައެއް ޕްލެޓްފޯމްތަކުގައި ކަންބޮޑުވުން ފާޅުކުރުމަކީ އާއްމު އުސޫލް ކަމަށް ރިޔާޒު ވިދާޅުވިއެވެ.