ޚަބަރު

އިސްލާމިކް ފައިނޭންސްގެ ޕްރޮގްރާމެއް މަޑުއްވަރީގައި!


އިސްލާމިކް ފައިނޭންސަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ރ.މަޑުއްވަރީގައި ބާއްވައިފިއެވެ. 

މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އާއި ރ.މަޑުއްވަރީ ސްކޫލް ގުޅިގެން އެރަށުގައި ބޭއްވި މި ޕްރޮގްރާމަކީ އިސްލާމިކް ފައިނޭންސްއަށް އަހުލުވެރިކުރުވުމުގެ މަޤުސަދުގައި ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ. މިމަހުގެ 20 އިން 21 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވަނީ މަޑުއްވަރީ ސްކޫލުގެ ސާނަވީ ދަރިވަރުންނާއި، އެސްކޫލުގެ ބެލެނިވެރިންނަށެވެ. 

img:http://s3.psmnews.mv/images/660x400/14981091854172.jpg|

މިޕްރޮގްރާމުގައިވަނީ އިސްލާމިކް ފައިނޭންސްގެ އަސާސީ ސިފަތަކާއި މާލީ މުޢާމަލާތްތަކުގައި ހުއްދަ ކަންކަމާއި ހުއްދަ ނޫން ކަންކަން، އަދި އިސްލާމިކް ބޭންކިން ނިޒާމާއި، ކޮންވެންޝަނަލް ބޭންކުގެ ތަފާތު އޮޅުން ފިލުވައި ދީފައެވެ. މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވީ، އެމްސީއައިއެފްގެ ދަށުން ހިންގާ ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފައިނޭންސްގެ ފެސިލިޓޭޓަރުންނެވެ. 

img:http://s2.psmnews.mv/images/660x400/14981092738237.jpg|

މިއީ ސްކޫލަކުން އިސްނަގައިގެން ބޭއްވި މިދާއިރާގެ ފުރަތަމަ ޕްރޮގްރާމެވެ.