ޚަބަރު

ރޮބިންސަން ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ގއ. އަތޮޅުގައި އޮންނަ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

އަލިފާން ރޯވެފައިވަނީ ރިސޯޓުގެ ލޯންޑްރީ ގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 2:00ހާއިރު ކަމަށް މަޢުލޫމާތު ލިބެއެވެ. އަލިފާން ރޯވިތާ ތިރީަކަށް މިނެޓްގެ ތެރޭގައި އަލިފާން ނިއްވާލާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.