ޚަބަރު

ތެލުގެ އަގު ހެޔޮކުރުން- ފެނަކައިން ކަރަންޓުގެ އަގު ހެޔޮކުރަނީ


ތެލަށް ގެނައި ބަދަލާއެކު ފެނަކައިން ފޯރުކޮށްދެއްމުންދާ ކަރަންޓްގެ އަގަށް ހެޔޮބަދަލެއް އަންނާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިޔުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ ކަރަންޓްގެ އަގަށް ހެޔޮ ބަދަލެއް ގެންނެވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ތެލުން ނަގާ ޑިއުޓީ ކުޑަ ކުރުމަށް ޤާނޫނަށް ގެންނެވި އިސްލާހާއެކު އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކޮށްފައިވާތީ، އޭގެ މަންފާ ރައްޔިތުންނަށްވެސް ލިބިގެންދާނެކަމަށެވެ. އެގޮތުން އެސްޓީއޯއިން ތެލަށް ގެނައި ބަދަލާއެކު ފެނަކައިން ދެމުންދާ ޙިދުމަތުން ނަގަމުންދިޔަ ފިޔުލްސަރޗާޖް އެއްކޮށް އުނިވެގެންދާނެ ކަމަށާ މި ހެޔޮބަދަލު ކަރަންޓްބިލަށް އަންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 145އަށްވުރެ ގިނަ އިންޖީނުގެ މެދުވެރިކޮށް ރައްޔިތުންނަށް ޙިދުމަތް ދެމުންގެންދެއެވެ.