ޚަބަރު

ދައުލަތުން ބަލަހައްޓާ ފަރާތްތަކަށް 3 ކުންފުންޏެއްގެ އެހީ


ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީއާއެކު 3 ފަރާތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެގޮތުން ބެސްޓް ބައި މޯލްޑިވްސްއިން ފިޔަވަތި މަރުކަޒުގައި އެއް އަހަރު ދުވަހަށް މަސައްކަތް ކުރާނެ ޓީޗަރެއް ސްޕޮންސަރކޮށްފައިވާއިރު، ސްޓާޒް ސްޕޯޓްސް ކްލަބްއިން އެ މަރުކަޒުގައި އުޅޭ ޢުމުރުން 6 އަހަރުން މަތީގެ ހުރިހާ ކުދިންނަށް ބާސްކެޓް ބޯޅަ ތަމްރީން ޕްރޮގްރާމެއް 6 މަސްވަންދެން ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ހިންގާ، އެފަރާތްތަކުގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމަށް ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރުމަށް އޭޖްޑް ކެއަރ މޯލްޑިވިސްއިން ވަނީ ހަމަޖެހިފައެވެ.