ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ބ. އަތޮޅުގެ ފައިނަލްގެ ފަހު ޖާގަ، އޭދަފުށިން ހޯދައިފިއެވެ.
އޭދަފުށިން ފައިނަލްގެ ޖާގަ ހޯދީ، އޭދަފުށީ ފުޓްސަލް ދނޑުގައި ކުޅުނު ބ. އަތޮޅު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ދޮންފަނު ބަލިކޮށްގެންނެވެ.
މެޗުން އޭދަފުށި މޮޅުވީ 2-3އިންނެވެ.
މެޗުގައި އޭދަފުށިން ޖެހި ތިން ލަނޑުގެ ތެރެއިން ދެލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. މި ލަނޑުތައް ޖަހައިދިނީ އިސްމާއީލް ޝަރީފާއި އިމްތިޝާލް އަބްދުއްރަޙީމެވެ.
މިހާފުގައި ދޮންފަނުންވެސް ލަނޑުޖެހިއިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުންތަޒެމީ މުޙްސިން އެވެ.
މެޗުގައި ފެނިގެންދިޔަ ފަހު ލަނޑު، ދެވަނަ ހާފުގައި ޖަހައިދިނީ އިޝާން އިބްރާޙިމެވެ.
މި މޮޅާއެކު މި މުބާރާތުގެ ފައިނަލުގެ ޖާގައެއް އޭދަފުށިން ހޯދިއިރު ފައިނަލުގައު އެޓީމު ނުކުންނާނީ ތުޅާދޫއާ ދެކޮޅަށެވެ. ތުޅާދޫއިން ފައިލަމުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި ގޮއިދޫ ބަލިކޮށްގެންނެވެ.
ފައިނަލް މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.