ޚަބަރު

މާލޭގެ ނީލަން ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


މާލޭގެ ނީލަން ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ، ނީލަން ފިހާރައިގައި ހުރި ލަކުޑި ތަކެއްގައެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 7:00ގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އަލިފާން ނިއްވުމުގައި އެމްއެންޑީއެފާއި ފުލުހުން ހަރަކާތްތެރިވެފައިވެއެވެ. އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ 7:40 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

މި ހާދިސާ ފުލުހުން ގެންދަވަނީ ތަޙްޤީޤް ކުރައްވަމުންނެވެ.