ޚަބަރު

ތިން ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވައިފި





 


މަހަށް ނުކުމެ އުޅެނިކޮށް، ދިމާވާ ކުއްލި ހާދިސާ އަކާއި ގުޅިގެން، ދިރިއުޅުމުގައި އެހެން މަސައްކަތެއް ނުކުރެވޭ ފަދަ ހާލަތަކަށް ގޮސްފައިވާ މަސްވެރިންނަށް މި ސަރުކާރުން ދޭނޭ ކަމަށްބުނި، އެއް ލައްކަ ރުފިޔާ ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.


 
މާލެ އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ޒިޔާރަތުގައި، އެ ރަށްރަށުގައި، ސަރުކާރުން ފެށި ތަރައްގީގެ މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރުގެ ވިސްނުން ބިނާވެފައި ވަނީ ކުރިއަށް އޮތް ފަސް އަހަރުގެތެރޭގައި ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކަމަށެވެ. މިގޮތުން، މަހަށް ނިކުމެ އުޅެނިކޮށް ދިމާވާ ހިތާމަވެރި ހާދިސާއަކާ ގުޅިގެން، އެ އާއިލާތަކަށް ދޭ އެއްލައްކަ ރުފިޔާ އަކީ، މަސްވެރި އާއިލާތަކަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ވެފައިވާ ވައުދެއް ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މަހުގެ ތެރޭގައި ބެޔަސް ނުބެޔަސް ސިޔާސަތުގެ ދަށުން، މަސް ނުބާނާ މަސްމަހުގައި ދިނުމަށް ނިންމާފައިވާ ދިހަ ހާސް ރުފިޔާ ދެއްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.


 
ނައިބު ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުން ބުނެފައިވާ ގޮތަށް ނުވަދިހަ ހަތަރު ހާސް ވަޒީފާ އުފައްދަވާނެ ކަމުގެ ޔަގީންކަންވެސްވަނީ  ދެއްވާފައެވެ. އަދި މި ސަރުކާރަކީ، ތަރައްގީ ގެނައުމުގައި ވަރުބަލި ނުވާނޭ ސަރުކާރެއް ކަމަށްވެސް ނައިބްރައީސް ވިދާޅުވިއެވެ.