ޚަބަރު

މާލޭ ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތަކުގެ ވިޔަފާރި ދެގުނަ ރަނގަޅު


ރަމަޟާން މަސް ފެށުނުފަހުން މާލޭ ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތަކުގެ ވިޔަފާރި ދެގުނަ ރަނގަޅުވެފައިވާކަމަށް ވިޔަފާރިވެރިން ބުނެފިއެވެ. img:http://s1.psmnews.mv/images/660x400/14654744450226.jpg|ލޯކަލް މާރުކޭޓް- ފޮޓޯ: ޕީއެސްއެމް

ވިޔަފާރިވެރިން ބުނީ އެންމެ ޑިމާންޑް ބޮޑު ބާވަތްތައް ހުސްވިޔަ ނުދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ރަމަޟާންމަހު އެންމެ ބާރުބޮޑުވާ އެއްތަނަކީ މާލޭ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓެވެ. ރަމަޟާންމަހު އެތައް ބަޔަކު އެތަންތަނަށްގޮސް ވިޔަފާރިކުރަމުންދެއެވެ. މީގެ ސަބަބުން މާރުކޭޓްގެ ގޮޅިތަކުގެ ވިޔަފާރި ދެގުނައަށް ރަނގަޅުވެފައިވާ ކަމަށް ގޮޅިތަކުގައި ވިޔަފާރިކުރާ ފަރާތްތަކުން ބުނެއެވެ. މާރުކޭޓްގައި ވިޔަފާރިކުރާ ފަރާތްތަކުންބުނީ ރަމަޟާންމަހުގެ ކުރިން އެވްރެޖްކޮށް ދުވާލަކަށް ލިބެނީ ދިހަހާހާއި ފަނަރަ ހާހާއި ދެމެދުގެ އަދަދެއް ކަމަށެވެ. ނަމަވެސް ރަމްޟާންމަސް ފެށުނުފަހުން ދުވާލަކު އެއްރެޖްކޮށް ތިރީސްހާސް ރުފިޔާ ލިބޭކަމަށް އެމީހުން ބުނެއެވެ. އަދި ވިޔަފާރި އެންމެ ރަނގަޅު ދުވަސްދުވަހު ފަންސާސް ހާސް ރުފިޔާ ލިބިފައިވާކަންވެސް ވިޔަފާރިވެރިން ފާހަގަކުރިއެވެ. img:http://s4.psmnews.mv/images/660x400/14644583609288.jpg|މާލެގެ ލޯކަލް މާރުކޭޓް- ފައިލް ފޮޓޯ: ޕީއެސްއެމް

ރަމަޟާންމަހު އެންމެ ޑިމާންޑް ބޮޑު ބާވަތްތައް މާރުކޭޓުން ހުސްވިޔަ ނުދިނުމަށް ވިޔަފާރިވެރިން މަސައްކަތްކުރެއެވެ. މި ރަމަޟާންމަހުވެސް އެންމެ ޑިމާންޑް ބޮޑު ބާވަތްތަކުގެ ތެރޭގައި ގިތެޔޮމިރުހާ ކަރާ ހިމެނެއެވެ. ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި ކަރާގެ ޑިމާންޑާ އެއްވަރަށް މިފަހަރު ކަރާ އަދި ނުލިބެއެވެ. މީގެ ސަބަބުން ކަރާގެ އަގު މިހާރު ވަނީ މަތިވެފައެވެ. ރަމަޟާން މަސް ފެށުނުއިރު ފަނަރަ ރުފިޔާއަށް ވިއްކި ކަރާ ކިލޯއެއް މިހާރު ވިއްކަނީ ވިހިރުފިޔާއާއި ތިރީސް ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ނަމަވެސް ރަމަޟާންމަސް ފެށުނުއިރު އެންމެ އަގުބޮޑުކޮށް ހުރި ގިތޮޔޮމިރުހުގެ އަގު މިހާރުވަނީ އޭރު ހުރި އަގުގެ ދެބައިކުޅައެއްބަޔަށް އަގު ދަށަށް ގޮސްފައެވެ.