ތަޢުލީމު

ދަސްވާރުގެ ވޯޓަރ ސްޕޯޓްސްގެ ބެޗު 3 ތަމްރީނުތައް ފުރިހަމަކޮށްފި


ދަސްވާރު ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ކުރިއަށްގެންދިޔަ ވޯޓަރ ސްޕޯޓްސްގެ ތިންވަނަ ބެޗު ތަމްރީނު ފުރިހަމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދަސްވާރުގެ ވޯޓާ ސްޕޯޓްސްގައި ހިމަނައިގެން ކުރިއަށްގެންދިޔަ ސެޓްފިކެޓް ލެވެލް 3 އިން އެކުއަޓިކް ރެކްރިއޭޝަން ކޯހުގައި 12 ދަރިވަރަކު ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ. tw:https://twitter.com/EducationMV/status/874164923483410432

ދަސްވާރު ޕްރޮގްރާމަކީ 2014 ވަނަ އަހަރުން ފެށިގެން ގްރޭޑް 10 ގައި ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކުރައްވައިގެން އެޑިއުކޭޝަން މިނިސްޓްރީން ހިންގަވާ ޕްރޮގްރާމެކެވެ. މިއީ އެއްވެސް ކުއްޖަކު ބާކީނުކޮށް ތަޢުލީމް ދިނުމުގެ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް އިތުރު ފަހި ފުރުޞަތުތަކެއް ތަނަވަސްވެގެންދާ ގޮތަށް ބައްޓަންކުރައްވާފައިވާ ޕްރޮގްރާމެކެވެ.

ދަވަސްވާރު ޕްރޮގްރާމްގެ ވޯޓަރ ސްޕޯޓްސް ކޯސް ހިންގަވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ވިލާ ކޮލެޖު ގުޅިވަޑައިގެން ސަން އައިލެންޑްގައެވެ.