ޚަބަރު

ޕީ.ޕީ.އެމުން ޚާއްޞަ ތަރާވީޙެއް ބާއްވައިފި


މާލޭގައި ދިރިއުޅޭ ށ، ނ، ރ، އަދި ބ އަތޮޅުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ސަރުކާރު ހިންގާ މައި ޕާޓީ ޕީ.ޕީ.އެމްއިން ޚާއްޞަ ތަރާވީޙެއް ބާއްވައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި މި ތަރާވީޙުގައި މި އަތޮޅުތަކުގެ އާންމުން ބައިވެރިވެފައިވާއިރު، ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ތަރާވީހުގައި ބައިވެރިވި އާންމުންނާއި ބައްދަލުކުރައްވައި އެކި ރަށްރަށަށް ބޭނުންވާ ކަންތައްތަކާއި ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން ވަޒީރުން ވަނީ ޚިޔާލު ހޯއްދަވާފައެވެ. img:http://s3.psmnews.mv/images/660x400/14971613564924.jpg|ޕީ.ޕީ.އެމުން ބޭއްވި ޚާއްޞަ ތަރާވީޙެއްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ޕީޕީއެމުން އިންތިޒާމްކޮށްގެން ބޭއްވި މި ތަރާވީޙަކީ، މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ އާންމު ރައްޔިތުންނާ ބައްދަލުކޮށް އެކި ރަށްރަށަށް ބޭނުންވާ ތަރައްޤީއާގުޅޭ އެކި ކަންތައްތަކުގައި ޚިޔާލު ހޯދުމަށް ސިލްސިލާކޮށް ދެރެއިން އެއްރޭ ބޭއްވުމަށް ހަމަޖެހިފައިވާ ތަރާވީޙެއް ކަމަށް ޕީޕީއެމްއިން މަޢުލޫމާތުދެއެވެ. މީގެ ކުރިން ހއ، ހދ. އަތޮޅުން މާލޭގައި ދިރިއުޅޭ ރައްޔިތުންނާވެސް ޕީޕީއެމްއިންވަނީ ބައްދަލުކޮށްފައެވެ. img:http://s3.psmnews.mv/images/660x400/14971613759426.jpg|ޕީ.ޕީ.އެމުން ބޭއްވި ޚާއްޞަ ތަރާވީޙެއްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދުމުގެ މަޤްޞަދުގައި ބާއްވަން ނިންމާފައިވާ މި ސިލްސިލާ ތަރާވީސްތަކުގައި ސަރުކާރުގެ ވަޒީރުންނާއި އެކި ވުޒާރާތަކުގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެ އާންމުންނާ ވަރަށް ގާތުން ޚިޔާލު ހޯދައެވެ. މިއީ ރައްޔިތުން ބޭނުންވާ ވަޒީރަކާ ނުވަތަ މަޖިލީހުގެ މެމްބަރަކާ ބައްދަލުކޮށްލުމަށް ލިބޭ ފުރުޞަތެއް ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.