ޚަބަރު

ޑިންގީއެއް ބަންޑުން ޖަހާލާ، އެކަކު ގެއްލިގެން ހޯދަނީ


އައްޑޫ ސިޓީ ގަމު ސަރަޙައްދު ކަނޑުގައި މަސްވެރިކަން ކުރަން އުޅުނު ޑިންގީއެއް ބަނޑުން ޖަހާލާ އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިރޭ އަށްގަޑި ތިރީސްހާއިރު ރިޕޯޓްކުރި މިހާދިސާގައި ޑިންގީގައި ތިބި 3 ދިވެހިންގެ ތެރެއިން 27 އަހަރުގެ ޒުވާނެއް ނުފެނިގެން ހޯދަމުންދާކަމަށެވެ. އަދި ޑިންގީގައި ދެން ތިބި 2 މީހުން ޝަންގްރިއްލާ ރިސޯޓަށް ފަތާފައި އަރާފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. 

އެމްއެންޑީއެފުގެ އުޅަނދުތައް އެސަރަޙައްދުގައި ހަރަކާތްތެރިވަމުންދާއިރު އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމެއްވެސް ދަނީ ގެއްލިގެން އުޅޭ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.