ޚަބަރު

ތިނަދުއަށް ލިބުނު ގެއްލުމުގެ މަޢުލޫމާތު އެއްކުރަން ފަށްޓަވައިފި


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގދ. ތިނަދޫގެ ބައެއް ގެތަކަށް ލިބުނު ގެއްލުމުގެ މައުލޫމާތު ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ނަންގަވަން ފައްޓަވައިފިއެވެ. 

ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރގެ ޓީމެއް މިހާރު ގދ. ތިނަދޫގައި ހަރަކާތްތެރިވަމުން އަންނައިރު އެ ޓީމުންވަނީ ސަރުކާރުގެ އިދާރާތަކާ ގުޅިވަޑައިގެން ގެއްލުން ލިބުނު ގެތަކުގެ މަޢުލޫމާތުތައް އެއްކުރައްވާފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެކި ސަރަހައްދުތަކަށް އެކި ވަރުގެ ގެއްލުންތައް އަންނަނީ ލިބެމުންނެވެ. އެގޮތުން ގދ. ތިނަދޫގެ 26 ގެއަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު އޭގެތެރެއިން 10 ގެއަކަށް ވަނީ ވަރަށް ބޮޑު ގެއްލުންތަކެއް ވެފައެވެ.