ޚަބަރު

ސްޓެލްކޯގެ އެމްޑީ ކަމަށް ޒުހޫރު ހަމަޖައްސައިފި


ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ޒުހޫރު އައްޔަން ކުރައްވައިފިއެވެ. 

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މިއަދު ޢައްޔަން ކުރެއްވި ހ. މާބަނޑޭރިއާގެ އަޙްމަދު ޒުހޫރު، ޢައްޔަންކުރެއްވިކަން ހާމަކުރައްވައި ޕްރައިވެޓޭޒޭޝަން އެންޑް ކޯރޕްރަޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ވަނީ ޓްވީޓް ކުރައްވާފައެވެ. 

tw:https://twitter.com/nixaar/status/871253017521119233

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މިއަދު އައްޔަންކުރެއްވި އަހްމަދު ޒުހޫރު މިހާތަނަށް ހުންނެވީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމުގައެވެ. ޒުހޫރު ވަނީ ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސްގެ މަޤާމާއި މިނިސްޓަރ އޮފް ހެލްތުގެ މަޤާމާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަޤާމާއި މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ މަޤާމުވެސް މީގެކުރިން އަދާކުރައްވާފައެވެ. 

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި މިހާތަނަށް ހުންނެވި އަބްދުއް ޝަކޫރަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ މިއަދު ދެއްވާފައެވެ.ސްޓެލްކޯގެ އެމްޑީކަމުގެ މަޤާމަށް އޭނާ އައްޔަންކުރެއްވީ ދެހާސް ސާދަވަނަ އަހަރުގެ ޖޫންމަހުގެ 9 ވަނަ ދުވަހުއެވެ.