ތަރައްްޤީ

މަހިބަދޫ ބަނދަރުގެ މަޝްރޫޢު ކުންފުންޏަކާ ޙަވާލުކުރައްވައިފި


އދ. މަހިބަދޫ ބަނދަރު ހެދުމުގެ މަޝްރޫގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ޙަވާލުކުރައްވައިފިއެވެ.

ދައުލަތުގެ ބަޖެޓުން 31.47 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިޔަށްގެންދަވާ މި މަޝްރޫޢް ޙަވާލު ކުރައްވާފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ އެވެ.

700 ފޫޓު ދިގު 200 ފޫޓު ފުޅާ ބަނދަރު ހަދަން އެކުންފުންޏާ ޙަވާލުކުރައްވާފައިވަނީ، 342 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫޢްގެ މަސައްކަތް ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިންގެ އެންޑް އިންފްރަ ސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޖެރާޑް ފެނާންޑޯއެވެ.