ޚަބަރު

އަކިރިސް ބޯޓުގައިތިބި އެންމެންގެ ހާލުވެސް ރަނގަޅު- އެމްއެންޑީއެފް


ވ. ކެޔޮދޫއަށް ދަތުރުކުރަމުންދަނިކޮށް ދިޔަވަމުންދިޔަ ބޯޓުގެ ދިޔަ ހިއްކައި ދީފައިވާކަމަށާ، މިހާރު އެ ބޯޓު ރައްކާތެރިކަމާއެކު ކެޔޮދޫއަށް ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

"އަކިރިސް" ނަމަކަށް ކިޔާ މި ބޯޓުގައި 4 މީހުން ތިބިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.