ކުޅިވަރު

އިތުރު ދެ އަހަރު ވެންގާ އާސެނަލްގައި މަޑުކުރަނީ


އާރސެނަލްގައި އިތުރު ދެ އަހަރު ދުވަހު މަޑުކުރުމަށް ކޯޗް އާރސެން ވެންގަރ އެއްބަސްވެއްޖެއެވެ.

މި ސީޒަނަށްފަހު އާރސެނަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު އިތުރު ދެ އަހަރަށް އާރސެނަލްގައި މަޑުކުރަން ވެންގަރ ނިންމާފައި މި ވަނީ މިދިޔަ ހަފްތާގައި ޗެލްސީ ބަލިކޮށް އިނގިރޭސި އެފް.އޭ.ކަޕް އާރސެނަލްއަށް ހޯދައިދިނުމަށްފަހުގައެވެ. 

އިތުރު ދެ އަހަރަށް އާރސެނަލްގައި މަޑުކުރުމަށް ވެންގަރ ނިންމާފައިވާއިރު އެ ޓީމުގެ ކޯޗުމަކުން އޭނާ ވަކިކުރުމަށް ބައެއް ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ. ސަޕޯޓަރުންގެ ނުރުހުން އެންމެ ބޮޑަށް ވެންގާރއަށް އަމާޒުވެފައިވަނީ މި ސީޒަންގެ ގަދަ ހަތަރަކުން ފުރުޞަތު ނުލިބި އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުޞަތު އެ ޓީމަށް ނުލިބުމާ ގުޅިގެންނެވެ. 

އެކާވީސް އަހަރު އާރސެނަލްގެ ކޯޗުކަމުގައި ހުރި ވެންގަރ އެ ޓީމާ ހަވާލުވީ 1996ވަނަ އަހަރުގައެވެ.